ހޯޑެއްދޫގެ އާންމު ހާލަތު ރަނގަޅު: ކައުންސިލް

ގދ. ހޯނޑެއްދޫއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ ކޭސްގެ އަދަދު 44 އަށް އަރައިފި އެވެ.

ހޯޑެއްދޫ ކައުންސިލުން ބުނީ، ބައްޔަށް ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 40 މީހަކަށް ކަމަށެވެ. ހަތަރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުންދާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ހައިރިސްކް ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ، ޕޮޒިޓިވް ކޭސްތައް ފެންނަމުން ދަނީ، ފުރަތަމަ ޕްޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ފަރާތުންް ކަމަށްވާތީ، ކޮންޓެކްޓްވި މީހުންނަކީ ކަރަންޓީން ކުރެވިފައި މީހުން ކަމަށެވެ. އެހެންކަމުން އެމީހުން ޕޮޒިޓިވް ވިނަމަވެސް، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް އެބަލި ފެތުރެމުން ނުދާކަމަށް ކައުންސިލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯޑެއްދޫގައި 32 ގެއެއްގެ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

ހޯނޑެއްދޫ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވެ، ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ 19 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 111 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 63 މީހުންގެ ކިބައިން ބަލީގެ އަލާމާތް ފެނިފައިވާކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!