ބޮލީވުޑުގެ ޑްރަގް ވާހަކަތައް އެ ދައްކަނީ ސުޝާންތުގެ މަރުގެ މައްސަލަ އޮއްބާލަން: ނަގްމާ

ބޮލީވުޑުގެ ތަރިން ޑްރަގު ބޭނުންކުރާ ވާހަކަތައް މިހާރު ދެކެވެން ފަށާފައިމިވަނީ ދާދި ފަހުން މަރުވި ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގު އޮއްބާލަން ކަމަށް ކުރީގެ ބޮލީވުޑްގެ ގެ އެކްޓްރެސް އަދި މިހާރު އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެމްބަރެއް ކަމަށްވާ ނަގްމާ ބުނެފިއެވެ.

ނަގްމާ ބުނީ ހުރިހާ އެންމެންވެސް ތިބީ ސުޝާންތުއަށް ވީގޮތް އެނގެން ބޭނުންވެފައި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ނަތީޖާއެއް އަދި ނެރެވިފައި ނުވާ ކަމަށެވެ.

އަދި ސުޝާންތުގެ މަރުގެ ވާހަކަތައް އޮއބާލުމަށްޓަކައި ބީޖޭޕީގެ މެމްބަރުން ބޮލީވުޑްގެ ޑްރަގު ވަބާގެ ވާހަަކަތައް މިހާރު ކުއްލިއަކަށް އެ ދައްކަނީ އެ ތަހުގީގު އޮއްބާލުމަށް ކަމަށް ނަގްމާ ތުހުމަތުކުރެއެވެ.

ނަގްމާ މިފަދައިން ބުނެފައި މިވަނީ އިންޑިއާގެ މަޖިލީހުގައި ސަމަޖްވާދީ ޕާޓީގެ ޕާލިމަންޓް މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ އަންހެނުން ކަމަށްވާ ޖަޔާ ބައްޗަން ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މަޖިލީހުގައި ޖަޔާ ބުނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން މަޝްހޫރުކަން ހޯދުމަށްފަހު ހަމަ އެ އިންޑަސްޓްރީއަށް މިހާރު އެމީހުން ފާޑުކިޔަމުން ދާކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޖަޔާ ބުންޏެވެ. ޖަޔާ އިތުރަށް ބުނީ ވަކި ބައެއްގެ ސަބަބުން މުޅި އިންޑަސްޓްރީގެ ނަން ހަރާބު ވަމުންދާ ކަމަށެވެ.

ނަގްމާ އިތުރަށް ބުނީ ސުޝާންތުގެ މަރަށް ފަހު އޭނާއަށް އިންސާފު ހޯދަދިނުމަށް ކަމަށް ބުނެ މިހާރު ވަމުންދާ ކަންތައްތަކުން އޭނާގެ މަރަށް އިންސާފު ހޯދޭނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!