ރިއާގެ ކޮއްކޮ އަބަދު ހުންނަނީ މަސްތުވެގެން، ޚަރަދުތައް ބަލަހައްޓަމުން ދިޔައީ ރިއާ: ފާމްހައުސް މެނޭޖަރު

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ނުކުތް މަސްތުވާތަކެތީގެ މައްސަލައާ ގުޅޭގޮތުން ސުޝާންތު ޕާޓީ ކުރަން ޙާއްސަކޮށްފައި ހުރި އޭނާގެ ފާމްހައުސްގެ މެނޭޖަރު މީޑިއާއާ ވާހަކަ ދައްކައިފިއެވެ.

‘ރިޕަބްލިކް ޓީވީ’ އާ ވާހަކަ ދައްކަމުން ޕަވާނާގައި ހުންނަ ފާމްހައުސް ދެ އަހަރު ވަންދެން ސުޝާންތަށް ބަލަހައްޓައިދިން މެނޭޖަރު ބުނީ، މިދިޔަ އަހަރު ތެރޭގައި ވަރަށް ގިނަ ބަދަލުތައް އައި ކަމަށެވެ. އަދި އެއީ ރިއާ ޗަކްރަބަތީ ސުޝާންތުގެ ދިރިއުޅުމަށް އައުމަށްފަހު ފެނުނު ކަންތައްތަކެއް ކަމަށް އޭނާ ބުންޏެވެ.

އެގޮތުން މިދިޔަ އަހަރު ޖުލައި މަހު ރިއާގެ ޕާޓީވެސް ބޭއްވީ އެ ފާމްހައުސްގައި ކަމަށް މެނޭޖަރު ބުންޏެވެ. އަދި އޭގެފަހުން ރިއާ އާއި ރިއާގެ ކޮއްކޮ ޝޮވިކް ފާމްހައުސް އަށް ދިޔުން އާންމުވި ކަމަށް ވެސް ބުންޏެވެ. އެއާއެކު، އެ ގޭގެ ޚަރަދުތައް ބެލެހެއްޓުމާ ހަވާލުވެގެން ހުރީ ރިއާ ކަމަށާއި، މެއިންޓެނެންސް ކަންކަމަށް ފައިސާ ހޯދުން ވެސް އުނދަގޫވި ކަމަށް މެނޭޖަރު ބުންޏެވެ.

“ކުރިން ސުޝާންތުގެ އެކުވެރިއެއް ކަމަށްވާ ކުޝާލް ޒަވޭރީ އެ ކަމާ ހަވާލުވެގެން ހުރީ. އޭރު ވަރަށް ފަސޭހަ ހުރިހާ ކަމެއް ވެސް. އެކަމަކު ރިއާ އާއި ޝޮވިކާއި ޝްރޫތީ މޯދީ ސުޝާންތުގެ ދިރިއުޅުމަށް އައި ފަހުން އެންމެ އާދައިގެ ކަމެއް ކުރަން ވެސް ދަތިވި”، މެނޭޖަރު ކިޔައިދިނެވެ.

ހަމައެހެންމެ ސުޝާންތުގެ ކުރީ އެކައުންޓެންޓް ރަޖަތް މިވާތީ އާ ހަވާލާދީ މެނޭޖަރު ބުނި، ރިއާ ވަރަށް ގިނައިން ޕާޓީކުރި ކަން އޭނާވެސް ކިޔައިދިން ކަމަށެވެ. “ސުޝާންތު ތިރީގަ ނިދާފަ އޮންނައިރު ރިއާ ޕާޓީކުރާ ވާހަކަ ބުނި. އަދި އަހަންނަށް ޝޮވިކް ފެނުން ކޮންމެފަހަރަކު އޭނަ ހުންނަނީ މަސްތުވެގެން”.

މަސްތުވާތަކެތީގެ މައްސަލައިގައި ރިއާ އާއި ޝޮވިކް އަދި ސުޝާންތުގެ މުމްބާއީގައި ހުންނަ ގޭގެ މެނޭޖަރު ސެމިއުލް މިރަންޑާއާއި މަސައްކަތު މީހާ ދިޕޭޝް ސާވަންތު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!