ޕީސީގެ އާ ހެއާސްޓައިލް ކަމުދޭތަ؟

ގިނަ ބައެއްގެ ފެވަރިޓް ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަކީ އަބަދުވެސް ވަރަށް ސްޓައިލިޝް ތަރިއެކެވެ. އެގޮތުން ދޭތެރެދޭތެރެއިން އިސްތަށިގަނޑަށް ބަދަލު ގެނައުމަކީ ޕްރިޔަންކާ ކުރާ ކަމެކެވެ.

އެއާއެކު މިފަހަރުވެސް ޕްރިޔަންކާ ވަނީ އޭނާގެ އިސްތަށިގަނޑަށް އާ ބަދަލެއް ގެނެސްފައެވެ. ކޮވިޑް-19 ގެ ސަބަބުން ފިރިމީހާ ނިކް ޖޯނަސް އާއެކު ގޭގައި ކަރަންޓީނުވެގެން އިނދެ ޕްރިޔަންކާ މިފަހަރު ދައްކައިލި ހެއާސްޓައިލަކީ މިހާރު ވަރަށް ގަދަޔަށް ޓްރެންޑްވަމުން އަންނަ ސްޓައިލެއްވެސް މެއެވެ.

View this post on Instagram

New hair, don’t care.

A post shared by Priyanka Chopra Jonas (@priyankachopra) on

މީގެ 5 ދުވަސްކުރިން ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކައިލި އާ ހެއާސްޓައިލުން ފެންނަނީ ކޮނޑަށްވުރެ ކުޑަކޮށް ތިރިއަށް އިސްތަށިގަނޑު ކޮށާލައި، ނިތްމަތި ވެސް ކޮށާލައި ބޭންގްސް ލައިފައި ވާތަނެވެ. އެއާއެކު ޕީސީ ފޭނުން އަންނަނީ މި އާ “ލުކަށް” ތައުރީފް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން ބުނީ ޕްރިޔަންކާ މިހާރު އުމުރަށްވުރެ ޅަ ވައްތަރު ޖަހާ ކަމަށެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ފަހަކަށް އައިސް ފެންނަނީ ހޮލީވުޑްގެ ފިލްމުތަކުންނެވެ. އެމެރިކާގައި ދިރިއުޅެމުން އަންނަ ޕްރިޔަންކާ ދޭތެރެދޭތެރެއިން އިންޑިއާއަށް ވެސް ޒިޔާރަތް ކުރެއެވެ. ނަމަވެސް ކައިވެންޏަށްފަހު ޕްރިޔަންކާ ބޮލީވުޑުން ފެނުން ވަނީ ކުރިއަށްވުރެ މަދުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!