އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބު އެކަހެރިކޮށްފި

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުޤައްރިރު ޝުޢައިބު ޢަލީ އެ ކޮމެޓީން ވަކި ކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނި ގޮތުގައި ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެމްބަރު ކަން އޭނާ، ކޮމިޓީގެ މެމްބަރުކަމުން އެކަހެރިކޮށްފައި ވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހަޅި، އަދި ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ މި ޓުވީޓަށް ޖަވާބު ދެއްވަމުން ޝުއައިބު ވިދާޅުވެފައިވަނީ އޭނާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވަނީ އެމްޑިޕީގެ އިސްވެރިންގެ ކާޓުނު ކުރެހިކަމަށް ބުނާ މައްސަލައިގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!