އެމްޓީސީސީ ބޯޓު ޔާޑުގެ ޚިދުމަތް މި މަހު 20 ގައި ހުޅުވައިލަނީ

ތިލަފުށީގައި އެމްޓީސީސީން ހިންގާ ބޯޓު ޔާޑުގެ ޚިދުމަތަށް އަލުން ޢާންމު ރައްޔިތުންނަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ހުއްޓާލެވިފައިވާ އެމްޓީސީސީ ގެ ބޯޓު ޔާރޑުގެ ޚިދުމަށް 20 ސެޕްޓެމްބަރ 2020 އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެގޮތުން ބޯޓު ޔާޑު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށްވެސް އެކަށައެޅިފައިކަން އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

ތލަފުށީގައި އެމްޓީސީސީން ހިންގާ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. އަދި އެ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެއްކަން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު 2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!