ސަނީ ލިއޯނީ އެންމެ ގަޔާވަނީ ކޯއްޗެއް ދެކެ ކަން އެނގޭތަ؟

ބޮލީވުޑް އެކްޓްރެސް ސަނީ ލިއޯނީ މިވަގުތު ދިރިއުޅުމެދުންދަނީ އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި އެމީހުންގެ ދަރިންނާއެކު އެމެރިކާގެ ލޮސް އެންޖަލިސް ގައެވެ. އަދި ދާދިފަހުން ސަނީ ވަނީ އާ ކާރެއް ގަނެ، އޭގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ހަމައެހެންމެ ސަނީ ވަނީ އޭނާ އެ ކާރުދެކެ ލޯބިވާ ވަރު ވެސް ކިޔައިދީފައެވެ. “މި ކާރު ދުއްވާ ކޮންމެ ފަހަރަކު އަހަންނަށް ބުނެދޭން ނޭނގޭ އުފާވެރި ކަމެއް ލިބޭ”، މަޒެރާޓީ ކާރާއެކު ނަގާފައިވާ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވެއެވެ.

އެއާއެކު ‘އީޓައިމްސް’ ނޫހުން ވަނީ ސަނީއަށް ގުޅައި، އޭނާއާ ކާރާ ދެމެދު އޮތް ގުޅުމުގެ ތަފްސީލެއް ހޯދައިފައެވެ. އެގޮތުން 39 އަހަރުގެ އެކްޓްރެސް ވަނީ ކާރަކީ އޭނާގެ ހަޔާތުގައި ކިހާ މުހިއްމު އެއްޗެއް ކަން ކިޔައިދީފައެވެ.

“ރާގިނީ އެމްއެމްސް” ގެ ބަތަލާ ހާމަކުރިގޮތުގައި، އޭނާގެ ހިތުގައި ކާރަށް ލޯބި އުފެދުނީ ވަރަށް ޒުވާން ދުވަސްވަރުގައެވެ. އަދި އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ފެށީންސުރެ ސްޕޯޓްސް ކާރު ގަތުމުގެ ޝައުގު އުފެދުނު ކަމަށް ބުންޏެވެ. އޭގެތެރެއިން ވެސް މަޒެރާޓީ ބްރޭންޑް އޭނާއަށް އެންމެ ކަމުދަނީ، ކާރު އިސްޓާޓު ކޮށްލާ ވަގުތު އިންޖީނުން އިވޭ އަޑުފައްގަނޑުން ކަމަށް ބުންޏެވެ. “އިންޖީނު އިސްޓާޓު ކޮށްލާ ކޮންމެ ފަހަރަކު އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވޭ”.

މީގެ އިތުރުން ސަނީ ވަނީ އޭނާ ކުރިއަށް ގަންނަން ބޭނުންވާ ކާރުތައް ވެސް ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މަޒެރާޓީ ގްރާންޓުރިސްމޯ، 1957 ޕޯޝޭ 356 ސްޕީޑްސްޓަރ ކޮންވާޓިބަލް އަކާއި 2 ޑޯ ބެންޓްލީ އެކެވެ.

މަޝްހޫރު މީހެއްގެ ޑުރައިވަރަކަށް ވާނަމަ ވާނީ ކާކުގެ ޑުރަވައިރަކަށްތޯ އެހުމުން ސަނީ ބުނީ ޖެނިފާ ލޮޕޭޒް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!