މީ ސާރާގެ ލޯބިވެރިންގެ ލިސްޓެއް!

ޒުވާން އެކްޓަރެސް ސާރާ އަލީ ޙާންއަކީ މަޝްހޫރު އެކްޓަރު ސައިފް އަލީޙާންގެ އަންހެން ދަރިފުޅެވެ. ބޮލީވުޑުގެ މާގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައި ނުވި ނަމަވެސް ސާރާ ބޮޑަށް މަޝްހުރުވެފައިވަނީ ކުރީގައި ފަލަކޮށް ހުރި ނަމަވެސް ފިލްމި އިންޑަސްޓްރީއަށް ވަނުމަށްޓަކައި ހިކުނު އެކްޓަރެސްއެއްގެ ގޮތުގައެވެ.

ބޮލީވުޑުގެ ތެރޭގައި ހިގަމުންޑާ ނެޕޮޓިޒަމްގެ ބަހުސްގައި ސާރާގެ ނަންވެސް ހިމެނެމުންދާއިރު ސާރސާރާގެ ވާހަކަ ގިނަ ފަހަރަށް މީޑިއާގައި ދެކެވިފައި އޮތީ އެކްޓަރުންނާއި ލޯބީގެ ގުޅުން ބާއްވާ އެކްޓަރެސްއެއްގެ ގޮތުގައެވެ. 

މިއަދުގެ ރިޕޯރޓުގައި މިބަލާލަނީ ސާރާ އަލީ ޙާން އާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ބުނެވޭ ބައެއް އެކްޓަރުންނަށެވެ.

ކޮފީ ވިތު ކަރަންގައި ދެއްކި ބައެއް ވާހަކަތަކުގައި އިޝާން ކައްޓަރުގެ ނަން ބުނެފައި ނުވި ނަމަވެސް އޭނާއަށް ނިސްބަތްވާގޮތަށް ޑޭޓުކުރާކަމަށް ބުނުމުން ގިނަ ބަޔަކު އެވާހަކަވަނީ ދައްކާފައެވެ. އަދި އެކި ތަންތަނުން ރިޕޯރޓަރުންނަށް ވަނީ އެދެމީހުން އެކުގައި ވަގުތު ހޭދަކުޜާ މަންޒަރުގެ ފޮޓޯތަށްވެސް ލިބިފައެވެ.

ސާރާގެ ފުރަތަމަ ފިލްމުގެ ހީރޯ، ސުޝާންތު ސިންގު ރާޖުޕުތުއާއި ސާރާ ޑޭޓު ކުރަމުންދާ ވާހަކަތަކެއް ފިލްމު ޕޮރޮމޯޝަންގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވެމުންދިޔައެވެ. އެހެން ނަމަވެސް އެކަމުގެ ހަޤީޤަތް ނޭނގިފައި އޮއްވާ ސުޝާންތުގެ މަރާ ގުޅިގެން އެވާހަކަތަކުގައި ކޮންމެވެސް ހަޤީޤަތެއްވާކަން މިއަންނަނީ ފަޅާއަރަމުންނެވެ.

ސާރާ ފިލްމު އިންޑަސްޓްރީއަށް އައުމުގެ ކުރިން އިންޑިއާގެ މަޝްހޫރު ޕޮލިޓިޝަން ސުޝިލް ކުމާރު ސިންދޭގެ ދަރިފުޅު ވީރުއާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ސާރާވަނީ އިންޓަވިއުއެއްގައި ބުނެފައެވެ.

ފުރުސަތެއް ލިބިއްޖެނަމަ ކާތިކު އާރިޔާ އާއި ޑޭޓު ކުރަން ބޭނުންވާކަމަށް ސާރާ ބުނެފައިވަނިކޮށް އެދެތަރިން އެކީގައި ކުޅުނު ފިލްމު ލަވް އާޖުކަލްގެ ތެރެއިން ގާތް ގުޅުމެއް އުފެދުނުކަން އެގިގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވާންފެށި މި ޖޯޑުގެ ލޯބި ލޯބި ފޮޓޯތަކުންނެވެ. ގިން ބަޔަކު މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ނިންމާ އެވާހަކަތަށް ދެއްކި ނަމަވެސް އަނެއްބަޔަކު ބުނަމުންދިޔައީ އެއީ ފިލްމުގެ ޕުރޮމޯޝަން ސުޓަންޓެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!