ޔައުގޫބުގެ ގޮޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

ދާދި ފަހުން އުފެއްދި ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް ޔައުގޫބް އައްޔަން ކުރެވުމުން އޭނާގެ ގޮނޑީގެ މެންބަރު ކަމުގެ ގާނޫނީ ސައްހަކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ މަގާމުން ޔައުގޫބް ވަނީ ފަހުން އިސްތިއުފާ ދެއްވައިފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިފރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީއަށް ފުރިހަމަޔަށް ކޮންމެ މީހަކުވެސް ތަބާވާން ޖެހޭނެ ކަމަށާއި، ގާނޫނު ބުނާގޮތުންނަމަ މިހާރު ޔައުގޫބުގެ ގޮނޑި ގެއްލިފައި ވާކަމަށެވެ. އެހެން ކަމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށާއި، އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށްވެސް އެދޭނެ ކަމަށެވެ.

“ދާންދޫ ދާއިރާގެ މެންބަރު ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ މެންބަރެއްގެ ގޮތުގައި ހިމެނިގެން ނުވާނެ. އެއީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެއްވިކަމެއް.” ޝިޔާމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!