ފިޔާ ވިއްކާ އަގު ބޮޑުތަނުން އުފުލިއްޖެ!

މާލޭގެ ބާޒާރުގައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިއަދު 700ރ. އަށް އަރައިފި އެވެ.

އިއްޔެއާ ހަމައަށް ބާޒާރުގައި ބަސްތާއެއްގެ އަގު ހުރީ 350ރ. އަށެވެ. އޭގެ ކުރިން 25 ކިލޯގެ ފިޔާ ބަސްތާއެއް އާންމުކޮށް ވިއްކާ އަގަކީ އެންމެ ބޮޑުކޮށް ވެސް 200ރ. އެވެ.

ފިޔާގެ އަގު ބާޒާރުގައި އުފުލިފައިވަނީ ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިމްޕޯޓު ކުރާ، އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނީ އެ ގައުމަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމާ ގުޅިގެން ފިޔާ ލިބުން ދަތިވުމުގެ ސަބަބުންނެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރި ނަމަވެސް ރާއްޖެއާ އެ ގައުމާ ދެމެދު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ދަތިނުވެ ފިޔާ ލިބޭނެ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީންނާއި ރާއްޖެގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކަން ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!