ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝް މީހުންގެ ތެރެއިން އިތުރު 200 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ފުރާނެ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 36 ވަނަ ދަތުރެވެ. 

އެއާއެކު މޯލްޑިވިއަންގެ ފްލައިޓުން ޖުމްލަ 6932 ބަންގްލަދޭޝް މީހަކު މިވަނީ އަނބުރާ ގައުމަށް ގެންގޮސްދީފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!