ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމި ފެނަކަ އާ ހަވާލުކޮށްފި

ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގެ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓަޑްއާއި ސެޕްޓެމްބަރު 12 2020 ވަނަދުވަހު ހަވާލުކޮށްފިއެވެ.

އެގޮތުން ނިންމުނު މަސައްކަތުގެ ތެރޭގައި ސ.މަރަދޫ އަދި ސ.މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްވަނީ އެއްކޮން ނިމިފައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މިހާރު ކުރިއަށްދަނީ ސ. ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްތައް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މަރަދޫފޭދޫ އަދި ސ. މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރުމުގެކުރިން، އެދެ ރަށުގެ ޕަމްޕިން ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުންބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ދެ ރަށުގައި 10,289 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓް ފޯލްއެއް ގާއިމުކޮށްފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އޭގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ބާއްވާފައިވާ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!