ކޮވިޑްގެ ހަރަދުތައް އޮޑިޓްކުރަން ފާސްކުރީ އެމްޑީޕީގެ މެންބަރުން: ރޮޒޭނާ

ކޮވިޑް-19 އާއި ގުޅިގެން ހިނގާފައިވާ ހަރަދުތައް އޮޑިޓްކުރަން މަޖިލީހުން ފާސްކުރީ އެމްޑީޕީން ހުށަހަޅައިގެން ކަމަށާއި އެއީ ޕީޕީއެމް ޕީއެންސީން ބުނެގެން ކުރި އޮޑިޓެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ހިނގާފައިވާ ހަރަދުތަކުގެ ތަފްސީލު އޮޑިޓް އޮފީހުން ހާމަކޮށްފައިވާއިރު، އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ރޮޒޭނާ ވިދާޅުވީ އެމްޑީޕީން ވައްކަން ކުރަން ބޭނުން ނަމަ އެކަންކަން ބެލުމަށް ފާސް ނުކުރީސް ކަމަށެވެ. މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހަކީ ވައްކަމާ ދެކޮޅު ބޭފުޅެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!