އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެން: ރައީސް ނަޝީދު

ރާއްޖޭގެ ރައީސްކަން ދެން ބޭނުންފުޅު ނުވާ މޭރުމަކުން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޒުމޫނު ލިޔުމެއް ލިޔުއްވައި ސަމާލުކަން ހޯއްދަވައިފި އެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ “”ޚަބަރު ސިޓީ” ގައި ލިޔުއްވި ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ފާހަގަ ކުރަމުން އަންނަ މައިގަނޑު ދެ ކަމަކީ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ޖަލުތަކުގައި ކުރާ އަނިޔާ މަދުވެފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަން މަދު ކުރުމަށްޓަކައި ގާނޫނުއަސާސާސީ އަށް ވަރަށް ގިނަ ސިފަތަކެއް ގެނައި ނަމަވެސް އެކަން ދިވެހިން އެދޭ މިންވަރަށް މަދު ކުރެވިފައި އޮތް ކަމަކަށް ދެކެން ދަތި ކަމަށެވެ. އަދި ޕާޓީގެ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“މިއަދު ޕާޓީ މިވަނީ އާ ހާލަތަކަށް ފައްކާވެފައެވެ. އެތައް ޒަމާނެއް ރާއްޖޭގެ ވެރިކަމުގައި ތިބުމުގެ ފުރުސަތު ނުހަނު ރަނގަޅަށް ލިބިފައެވެ. މިއިން ކޮންމެ ކަމެއް ކަށަވަރު ކުރެވޭނީ މި ޕާޓީއާ އެކު ރާއްޖޭގެ ރައްޔިތުން ތިބުމުންނެވެ،” ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ސަރުކާރަށް ކުޑަ ވެސް ހީނަރު ކަމެއް އައުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސްކަން ބޭނުން ނޫންކަމަށް ވިދާޅުވުމަށް ފަހު ރައީސް ނަޝީދު ދެން ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ.

“އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ހެޔޮ ގޮތުގައި ރާއްޖޭގެ ރައްޔިތުނަށް ވެރިން ކޮށްދިނުމެވެ،” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!