މަކުނުދޫ ނެރުމައްޗަށް އުރި ސަޕްލައި ދޯންޏެއް އަޑިޔަށް ހިނގައްޖެ

މުދާ އުފުލާ ސަޕްލައިދޯންޏެއް ހދ މަކުނުދޫގެ ނެރުމައްޗަށް އުރި އަޑިޔަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާ ގެ ރިޕޯޓު، އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ މެންދަމުން އަލިވެ 2:08 ހާއިރުގައި ކަމަށެވެ.

މިހާދިސާގައި ފަރަށް އަރާފައި ވަނީ 8 މީހުންނާއި އެކު، މަކުނުދޫއިން ފުރި، ނަމޫނާ ނަމަކަށް ކިޔާ ދޯންޏެކެވެ. 85 ފޫޓުގެ މިދޯނި މަކުނުދޫ ނެރުމައްޗަށް އުރުނީ، އެއަތޮޅު ވައިކަރަދޫއަށް ދިޔުމަށް ފުރި ތަނާއެވެ.

ހިލަ އާއި ސިމެންތި އަދި ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ވަނީ އެ މުދަލުން ބައެއް މަކުނުދޫއަށް ބާލާފައި ކަމަށާއި، ނެރު މައްޗަށް އަރާފައި ވަނީ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެ ދޯނީގެ ތިބި މީހުން މަކުނުދޫއަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!