ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ކުއްލި އަކަށް ހާލު ދެރަވެ މާލެ ގެންނަނީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެގައި ހުރި ފަޅުވެރިއަކު ކުއްލިއަކަށް ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީއެމްބިއުލާންސްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެެފުން ވިދާޅުވީ، ހާދިސާގެ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު، 8:00 ހާއިރުގައި ކަމަށެވެ.

ކ ދިއްފުށީގެ 80 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި “އަރޫޝާ” ނަމަކަށް ކިޔާ އެދޯނީގެ ފަޅުވެރިޔާގެ ހާލު ކުއްލިއަކަށް ގޯސްވީ، ހޮޑުލެވުމަށް ފަހު މުޅި ހަށިގަނޑު އައްސިވެގެން ކަމުގައި މައުލޫމާތު ލިބިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ. ހާލުދެރަވި އެމީހާއަކީ އުމުރުން، 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!