ކަންގަނާގެ ވަރުގަދަ ރައްދެއް ޖަޔާ ބައްޗަންއަށް!

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައާއި ގުޅިގެން ބޮލީވުޑުގެ ތެރޭގައި ވަނީ ވަރަށް ބޮޑު ހަމަނުޖެހުންތައް އުފެދިފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ކަންގަނާ ރަނާއުތް ބޮލީވުޑާއި ފިލްމި އިންޑަސްޓްރީއާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކެވެ.

އެގޮތުން ބޮލީވުޑުގެ މިހަމަނުޖެހުމުގެ ވާހަކަތައް މިހާރު ވަނީ އިންޑިއާގެ ޕާލިމަންޓާ ހަމަޔަށްވެސް ގޮސްފައެވެ. އެގޮތުން އިއްޔެ އޮތް މަޖިލީހުގައި ސަމަޖްވާދީ ޕާޓީގެ ޕާލިމަންޓް މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ އަންހެނުން ކަމަށްވާ ޖަޔާ ބައްޗަން ވަނީ ފިލްމް އިންޑަސްޓްރީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ކުރީގެ އެކްޓްރެސް ޖަޔާ ބުނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން މަޝްހޫރުކަން ހޯދުމަށްފަހު ހަމަ އެ އިންޑަސްޓްރީއަށް މިހާރު އެމީހުން ފާޑުކިޔަމުން ދާކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޖަޔާ ބުންޏެވެ. ޖަޔާ އިތުރަށް ބުނީ ވަކި ބައެއްގެ ސަބަބުން މުޅި އިންޑަސްޓްރީގެ ނަން ހަރާބު ވަމުންދާ ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެމުން ކަންގަނާ ވަނީ، ޖަޔާގެ އަންހެން ދަރިފުޅަށް ޑްރަގުދީ، ޖިންސީ ގޯނާކޮށްފައިވާނަމަ އަދި އޭނާގެ ފިރިހެން ދަރިފުޅު އަބީޝެކްއަށް ގަނާ ކުރުމުގެ ސަބަބުން އަމިއްލައަށް ދަން ޖެހިގެން މަރުވެއްޖެ ނަމަވެސް ހަމަ ތިގޮތަށް ވަހާކަދައްކަން ކެރޭނެތޯ ސުވާލުކޮށްފައެވެ.

ކަންގަނާ ބުނީ ފިލްމް އިންޑަސްޓްރީގައި އެންމެ މަޝްހޫރު އެއްޗަކީ ކޮކެއިން ކަމަށާއި ކޮންމެ ހައުސް ޕާޓީއެއްގައި ވެސް އެ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ބޮލީވުޑްގެ ގިނަ އޭ ލިސްޓު ތަރިންނަކީ ޑްރަގު ބޭނުން ކުރާ މީހުން ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!