އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި މިރޭ ދަތިތަކާއި ކުރިމަތިވެދާނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަރނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި މިރޭ 1:00 އާއި 2:00 އާ ދެމެދު ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެބޭންކުން މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެއިންޓެނެންސް މަސައްކަތެއްގެ ސަބަބުން ބޭންކުން ދެމުންގެންދާ، އިންޓަރނެޓް ބޭންކިންގެ ހިދުމަތަށާއި، އޭޓީއެމްގެ ހިދުމަތަށާއި، ޕީއޯއެސް މެޝިންގެ ހިދުމަތަށާއި، ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށާއި، އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫއެރުން އެކަށީގެންވާ ކަމަށެވެ.

އަދި މި މަސައްކަތަކީ ދުރާލާ ރާވައިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި އަދި މި މަސައްކަތް ކުރާނެ ވަގުތު ކަނޑައަޅައިފައިވަނީ ވީހާވެސް ބޮޑަށް އެ ބޭންކުގެ ކަސްޓަމަރުންނަށް ދަތިނުވާނެ ވަގުތެއް ބަލައިގެން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!