ސުޝާންތުގެ ދައްތަ މިފަހަރު ޝެއާ ކުރީ ތަފާތު ވީޑީއޯއެއް!

މީގެ 3 މަސްކުރިން ޖޫން 14ގައި މަރުވެފައިވާ ބޮލީވުޑުގެ ޒުވާން އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ ހަޤީޤަތް ހޯދުމަށްޓަކައި އާއިލާއާއި އޭނާގެ ފޭނުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސުޝާންތުގެ ދައްތަ ޝުވެތާ ސިންގު ކޮންމެ ދުވަހަކުވެސް ސުޝާންތުގެ ފޮޓޯ އަދި ވީޑިއޯތަކާއެކު އޭނާ އަށް އިންސާފު ލިބެންޖެހޭކަން ހާމަކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކައެވެ.

ޝުވެތާ އެންމެ ފަހުން ހިއްސާކޮއްފައިވާ ފޮޓޯއާއި ވީޑިއޯއަކީވެސް ސުޝާންތުއާއި ގުޅުންހުރި އޭނާއަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ބާރު އެޅުމުގެ ގޮތުން ކޮއްފައިވާ ޕޯސްޓު ތަކެކެވެ. އިންޑިއާއައި ޔޫއެސް ވެސް ހިމެނޭގޮތަށް އެކި ޤައުމުތަކުގެ ދިދަ ދައްކުވައިދޭ ފޮޓޯއެއް ހިއްސާކުރަމުން ޝުވެތާ ލިޔެފައިވަނީ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް ހިތަށް އެދެނީ ހަޤީޤަތް އެގެން ކަމަށެވެ. އެންމެން އެއް އަޑަކުން ކުރަމުންދާ ސުވާލަކީ ފިޔަޖަހަމުންދިޔަ ތަރިއެއްގެ މަރުގެ ހަޤީޤަތަކީ ކޮބައިހެއްޔެވެ. އަދި ސުޝާންތުއާއި ދޭތެރޭގައި ކަންތަށްވީގޮތް އެގެންޖެހޭކަމަށެވެ.

މީގެ އިތުރުން ޝުވެތާ ވަނީ ރާޖުކުމާރު ރާއޯ އާއި އެކު ސުޝާންތު ހޭދަކުރި އުފާވެރި މަންޒަރެއްގެ ވީޑިއޯވެސް ހިއްސާކޮއްފައެވެ. އަދި މިވީޑިއޯ ހިއްސާކުރަމުން އޭނާ ބުނެފައިވަނީ ސުޝާންތުގެ ހިނިތުންވުމަކީ ހިތްފުރޭ ހިނިތުންވުމެއް ކަމަށެވެ.

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ ހަޤީޤަތް ހޯދުމަށްޓަކައި މިހާރު ވަނީ ސީބީއައިއާއި ހަވާލުކުރެވިފައެވެ. އަދި ތަހުޤީޤަށް ލިބުނު މައުލޫމާތުގެ ތެރެއިން ފެންމަތިވެގެން އައި ޑުރަގުގެ މައްސަލަ އެންސީބީއާއި ހަވާލުކުރެވިފައިވާއިރު އެންސީބީއިން ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ އަދި ރިއާގެ ކޮއްކޮ ޝޯވިކްގެ އިތުރުން ސުޝާންތުގެ ހައުސް މެނޭޖަރާއި ނޯކަރުވެސް ހައްޔަރުކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!