ސުޝާންތުއާއި އެކު ސާރާ ސިނގިރޭޓުބޯ ވީޑިއޯއެއް!

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވި ޑުރަގުގެ މައްސަލައިގައި ކޮންމެ ދުވަހަކުވެސް ބޮލީވުޑުގެ ތަރިންތަކެއްގެ ނަންތަށް އިތުރުވަމުން އަންނަކަމީ ފޭނުން ހައިރާންކޮއްލި ކަމެކެވެ. އެންސީބީ އިން ބަލަމުން އަންނަ މި މައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީ ހައްޔަރު ކޮއްފައިވާއިރު އޭނާ ވަނީ ތަހުޤީޤަށް ބައެއް އެހެން އެކްޓްރެސްއިންގެ ނަންތަށްވެސް ދީފައެވެ. ރަކުލް ޕުރީތު ސިންގު ، ސާރާ އަލީ ޙާންގެ އިތުރުން ސިމޯން ގެ ނަން ރިއާ އެންސީބީއަށް ދީފައިވާކަން އެންސީބީއިން ވަނީ މީޑިއާއާށް ޔަޤީން ކޮއްދީފައެވެ.

މީގެ ތެރެއިންވެސް ސާރާ އަލީ ޙާންގެ ވާހަކަ ގިނަ ބަޔަކު ދައްކަމުން އަންނަނީ ސާރާ އަކި ސުޝާންތުއާއި ގުޅުން އޮތް އެކްޓަރެސް އަކަށް ވާތީއެވެ. މިވާހަކަތަށް މިހެން ދެކެވެމުން އަންނަ މިދަނޑިވަޅުގައި ވައިރަލްވެގެން ދިޔަ ވީޑިއޯއިން ގިނަ ބަޔަކު އަންނަނީ ސާރާއަށް ފައުޑުކިޔަމުންނެވެ.

ސުޝާންތުގެ ފާމް ހައުސްގައި ޑުރޯންއެއް ބޭނުން ކޮއްގެން ނަގާފައިވާ މި ވީޑިއޯއިން ފެންނަނީ ސުޝާންތުއާއި އެކު ސާރާ ވާހަކަ ދައްކާމުންދާއިރު ދެމީހުން ސިގިރޭޓުބޯ މަންޒަރެވެ.

ރިޕޯޓުތަށް ބުނާގޮތުގައި އެ ވީޑއޯއަކީ ކެނާނަތުގެ ޕޮރޮމޯޝަނަށްފަހު އެދެމީހުން ފާމްހައުސްގައި ހޭދަކޮއްފައިވާ ވަގުތުތަކުގެ ވީޑިއޯއެކެވެ.

ރިއާގެ ބަޔާނާއި ގުޅިގެން އަދި އެއްވެސް ތަރިއަކު ހައްޔަރުކޮއްފައި ނުވި ނަމަވެސް އެންސީބީއިން އަންނަނީ މިމައްސަލަ ވަރަށް ހަލުވިކަމާއެކު ތަހުޤިޤުކުރަމުންނެވެ. 

ޚަބަރު ނަގާފައިވަނީ