ދަންވަރު، ދަލާ ފޯވެ ހުރެ، ކާތިކް ނަގާ ދޫކޮށްލި މި ފޮޓޯގެ އަވައިގައި ހަމަ ރަނގަޅަށްވެސް ޖެހިއްޖެ

ބޮލީވުޑުގެ ޒުވާންތަރި  ކާތިކު އާރިޔާންގެ ފޮޓޯއަކުން އަނެއްކާވެސް ފޭނުންގެ ހިތް އަތުލައިފިއެވެ. ރޭގަނޑުގެ ދަންވަރު އޭނާގެ އިންސްޓަގުރާމްގައި ހިއްސާކޮއްފައިވާ މި ފޮޓޯއިން ކާތިކު ފެނިގެންދަނީ ވަރުބަލިވެ ދާހިއްލާފައި ވަނިކޮށެވެ.

އަޅި ކުލައިގެ ބެނިއަންއެއް ލައިގެން އާދައިގެ ގޮތަކަށް ނަގާފައިވާ މި ފޮޓޯ ހިއްސާކުރަމުން ދުވާލުގެ ވަގުތުތަށް އެއްވެސް ކަމެއްނެތި ހޭދަކުރުމަށްފަހު ދަންވަރު ކުރާ ވޯކް އައުޓުގައި ވަރަށް ބިޒީކަމަށް ބުނެފައިވެއެވެ.

އޭނާ ލިޔެފައިވާ މިބަސްކޮޅުއް އެފޮޓޯނަގާފައި އެވަނީ އޭނާ ދަންވަރު ކުރިއަށްގެންދާ ކަސްރަތަށްފަހުގައިކަން އެގިގެންދެއެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ވަގުތުތަށް ގޭގައި ހޭދަކުރަމުންދާ ޒުވާން އެކްޓަރު ކާތިކު ދެން އެންމެ އަވަހަށް ފެނިގެންދާނީ ކިއާރާ އަދި ތާބޫ އާއިއެކު ބޫލް ބުލައްޔާ 2 އަކުންނެވެ. މީގެ އިތުރުން އޯމް ރޯޓު އަދި ދޯސްތާނާ 2 އަކުންވެސް ކާތިކު ފެނިގެންދާނެކަމަށް ރިޕޯރޓުތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!