ކަންގަނާގެ އޮފީހަށް ދިން ގެއްލުމުގެ ބަދަލަށް 2 ކްރޯޑް ރުޕީސް ހޯދަން ހުށަަހަޅައިފި

ބޮލީވުޑް އެކްޓްރެސް ކަންގަނާ ރަނާއުތްއަކީ އަކީ ތެދު ހާމަކުރުމަށްޓަކައި ބުނަން ޖެހޭ އެއްޗެއް ފަސް ޖެހުމެއް ނެތި ބުނަމުންދާ ތަރިއެކެވެ.

ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގްހް ރާޖްޕުތުގެ މަރާއި ގުޅިގެން ކަންގަނާ އަންނަނީ އޭނާއަށް އިންސާފު ހޯދައިދިނުމުގައި އެތައް ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ކަންގަނާ ވަނީ ސަރުކާރާއި މުމްބާއީ ޕޮލިހުން އިހުމާލުވެފައިވާކަމުގެ ވާހަކަތަށްވެްސް ދައްކާފައެވެ.

އެކަމާއި ގުޅިގެން މުމްބާއީގެ ޕާލީ ހިލްގައި ހުންނަ އޭނާގެ އޮފީސް އިމާރާތުގެ ބައެއް ތަންތަނަކީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަން ކަމަށް ބުނެ އެތަން ވަނީ ބްރިހަމް މުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) ޓީމުން ތަޅާލައިފައެވެ. ކަންގަނާގެ އޮފީސް ތަޅާލިއިރު އޭނާ އޮތީ އޭގެ ހަފްތާއެއް ކުރިން އެދުވަހު އޭނަ މުމްބާއިއަށް އަންނަ ވާހަކަ ހިއްސާކޮށްފައެވެ. އަދި އެ އޮފީސް ތަޅާލާފައިވަނީ އެދުވަހު އޭނާ މުމްބާއިއަށް ދަތުރުކުރަމުން ދިޔަ ވަގުތުއެވެ.

ކަންގަނާ ބުނިގޮތުގައި އޭނާގެ އެ އޮފީހަކީ މިއަހަރުގެ ޖެނުއަރީ މަހު އެތައް ހަރަދެއްކޮށްގަެން ހަދާފައިވާ ތަނެކެވެ. އަދި އޭނާ ބުނިގިތުގައި ކޮރޯނާ ވައިރަހާއި ގުޅިގެން އެ އޮފީސް އިތުރަށް މަރާމާތުކުރުމަށްޓަކައި އޭނާ އަތުގައި ފައިސާ ނެތް ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ އަށް ދިން ގެއްލުމަކީ ޒާތީ ގޮތުންނާއި ފާޅުކުރި ހިޔާލުތަކެއްގެ ސަބަބުން ދިން ގެއްލުންތަކެއް ކަމަށް ބުންޏެވެ.

ކަންގަނާ ވަނީ އޮފީސް ތަޅާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލަށް ބީއެމްސީ ގެ ފަރާތުން ދެ ކްރޯޑް ރުޕީސް ހޯދަން ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!