އެއްބަސްވި ރޭޓަށްވުރެ އިތުރަށް ރިސޯޓަކަށް ފައިސާ ދެއްކި މައްސަލައެއް

އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް ކޮވިޑް-19 ގެ އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއް ކޮވިޑާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

އެ އޮފީހުން މިހެން ބުނެފައިވަނީ ދާދި ދެންމެއަކު އާންމުކުރި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބަލިމީހުންނާއި އެކަހެރިކުރާ މީހުން ބޭތިއްބުމަށް ކަރަންޓީން/އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ދައުލަތަށް ބައެއް ރިސޯޓްތައް ގިނަވެގެން ތިން މަހުގެ މުއްދަތަށް ނެގުމަށް އެއްބަސްވުންތަކެއް ގާއިމްކުރެވުނެވެ. މިގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާގެ ރޭޓުން، އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭނެފަދަ ގޮތަކަށްކަމަށް ވަނީ ބުނެފައެވެ. 

ނަމަވެސް އޭގެ ތެރެއިން ރިސޯޓަކުން ޓީޖީއެސްޓީއަށްވާ 12 އިންސައްތަ ހިމެނޭގޮތަށް ދުވާލަކު 840 ރުފިޔާގެ ރޭޓުން ބިލްކޮށްފައިވާކަމަށް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ. އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ޖުމްލަ 206،280 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމާއި އެ ފައިސާއިން ކުރެވޭ ޚަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަން ހިންގައި ބެލެހެއްޓުމަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެ ފަރާތްތަކުގެ ޒިންމާއެއްކަން ވަނީ ފާހަގަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!