އެމްޑީއެންއާއި ދެކޮޅަށް ހިންގި ހަރަކާތެއްގައި ބައިވެރިވެވަޑއިގެންފައިވާތީ މެޖިސްޓްރޭޓަކަށް ނަސޭހަތްދެނީ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއާއި ދެކޮޅަށް ހިންގި ހަރަކާތެއްގައި ބައިވެރިވެވަޑއިގެންފައިވާތީ ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ މުޞްޠަފާއަށް ނަސޭހަތްދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެންއޭއިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓު ތައްޔާރުކުރި މީހުންނަށް ފިޔަވަޅުއަޅަން ގޮވާލައި ހުސްވި އަހަރުގެ އޮކްޓޫބަރު 15 ވަނަދުވަހު ބޭއްވި ހަރަކާތެއްގައި ޢަލީ މުޞްޠަފާ ބައިވެރިވެވަޑއިގެންފައިވާތީ ނަސޭހަތްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކަން އެ ގޮތަށް ނިންމީ އެކަމަކީ ފަނޑިޔާރުންގެ ޤާނޫނާއި ސުލޫކީ މިންގަނޑުތަކާއި ޚިލާފުކަމެއްކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން މެޖިސްޓްރޭޓް ޢަލީ މުޞްޠަފާއާއިމެދު އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ނަސޭހަތްދިނުމާއެކު ޖޭއެސްސީން ކަނށައަޅާ ތަމްރީން ޕްރޮގުރާމެއް ފުރިހަމަކުރައްވަން އެންގުމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!