އުމުރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ނިންމައިފި

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އުމުރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ސައުދީގެ ނޫސް އެެޖެންސީތަކުން ބުނެފައި ވަނީ މަސްތަކަކަށް ފަހު އުމުރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް އަދިއެއް ނުބުނެ އެވެ. ނަމަވެސް އެކަމަށް ގިނަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އުމްރާވުމަށް ފުރުސަތު ދިނުމުގައި އެންމެ އިސްކަން ދޭނީ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ވެސް އިންޓިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ވެސް ސައުދީގައި ތިބި ބޭރު މީހުންގެ ތެރެއިން ކަނޑައެޅި ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.

ކޮވިޑާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން ރަސްމީކޮށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!