ކޮބާ ހިނާގެ ފޭނުން؟ ހިނާގެ އާ ލަވައެއް ނެރެނީ!

އިންޑިއާގެ އެންމެ މަޤުބޫލު އެއް ޓީވީ އެކްޓްރެސް ކަމަށްވާ ހިނާ ޚާންގެ އާ ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވެއްޖެއެވެ.

ހިނާ އާއި ޓީވީ އެކްޓަރު ދީރަޖް ދޫޕަރް އެކުގައި ކުޅެފައިވާ މި ލަވައިގެ ނަމަކީ “ހަމްކޯ ތުމް މިލް ގަޔޭ” އެވެ. އަދި މި ލަވަ މާދަން (ސެޕްޓެމްބަރު 15) ގައި ނެރޭއިރު، ހިނާ ވަނީ މިހާރު ލަވައިގެ ޓީޒާއެއް ޓުވިޓާ މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލައިފައެވެ.

ހިނާ އާއި ދީރަޖް ވަނީ ކަލާޒުން މިހާރު ދައްކާ ސިލްސިލާ “ނާގިން” ސީޒަން ފަހެއް ފެށިގެން އައި އިރު އޭގެން ފެނިފައެވެ. އެއާއެކު މާދަން ނެރެން އުޅޭ ލަވަ ވެގެންދާނީ މި ޖޯޑު އެކުގައި ފެންނާނެ ފުރަތަމަ ލަވައަށެވެ.

ހިނާ އަކީ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން ވިދައިލި ބަތަލާއެކެވެ. އަދި އޭގެފަހުން އޭނާ ވަނި މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 11 ވަނަ ސީޒަނުގައި ބައިވެރިވެގެން ދެވަނަ ކާމިޔާބުކޮށްފައެވެ. 32 އަހަރުގެ ބަތަލާ މިހާރު މަސައްކަތް ކުރަނީ ބޮލީވުޑްގައެވެ. ދީރަޖަކީ ޒީޓީވީން ގެނެސްދޭ ސިލްސިލާ “ކުންޑަލީ ބާގިއާ” ގެ ބަތަލެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!