99 ޕަސެންޓް މީހުން ކައިވެނިން ބޭރުން ގުޅުމެއް ހިންގުމަށް ޝައުގުވެރިވޭ

އެމީހެއްގެ ބައިވެރިޔާ އެމީހަކަށް ބޭވަފާތެރިވެދާނެކަން ޤަބޫލުކުރަން ވަރަށް އުދަނގޫވާނެއެވެ. އެހެން ނަމަވެސް މިއީ މުޖުތަމައުގައި ބޮޑުވެ ދިރިއުޅުމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރުވާ މައްސަލައެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކައިވެނިކޮއްގެން އުޅޭ މީހުންގެ ތެރެއިން 20-25 ޕަސެންޓް މީހުން އިތުރު މީހަކާ ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ގުޅުން ބާއްވައެވެ. 40 ޕަސެންޓް މީހުން ޖިންސީ ގުޅުމެއް ނުބޭއްވި ނަމަވެސް އިތުރުމީހަކާއި ގަވާވެ ގުޅުން ބާއްވައެވެ. އަދި 99 ޕަސެންޓް މީހުން މިފަދަ ގުޅުމެއް ބޭއްވުމަށް ވިސްނުން ގެންގުޅެއެވެ. ނޫނީ ޝައުޤުވެރިވެއެވެ. މީގެ ތެރެއިންވެސް ގޭގައިތިބޭ 38 ޕަސެންޓް އަންހެނުން މިފަދަ ގުޅުންތަށް ހިންގަނީ ގާތް މީހުން ނުވަތަ އަވައްޓެރިންނާއެކުއެވެ.

މިހާ ހިސާބަށް މިކަން ގޮސްފައިވާ މައްސަލައަކާ ބެހޭގޮތުން ވާހަކަދެއްކުން ވަރަށް މުހިއްމެވެ. މިފަދަ ކަންކަމަށް މަގުފަހި ވާގޮތެއް ދެނެގަނެ އެފަދަ ކަމެއް ހިގާނަމަ ބައިވެރިޔާގެ ފަރާތުން ފެނިގެންދާނެ ކަންތަށްތަށް އެގިފައި އޮތުމަކީ މިކަން ކުރީކޮޅުގައި ދެނެގަތުމަށް ވަރަށް މުހިއްމު ކަމެކެވެ.

އެކުގައިއުޅޭ ރަހުމަތްތެރިނަނަކީ މިފަދަ ކަންކަމުގައި މަޝްއޫލުވެ އުޅޭ އެކަމަށް ބާރުއެޅޭފަދަ ވާހަކަތަށް ދައްކާބައެއްނަމަ ވަރަށް ގިނަ ފަހަރަށް މިއީ ކުށެއްކަމަށް ޤަބުލުނުކުރެވި ބައިވެރިޔާއަށް ބޭވަފާތެރިވެއެވެ. އަދި އެންމެ ގިނަ ފަހަރަށް ލޯބީގެ ގުޅުން ބޭއްވެނީ އެކުގައި މަސައްކަތްކުރާ މީހުނާއެކުގައެވެ.

މިފަދަ މާހައުލެއްގައި ބައިވެރިޔާ ބެވަފާތެރިވާކަން ދެނެގަތުމަށް އެމީހުންގެ ފަރާތުން ފެންނަ އަމަލުތަކާއި ދޭތެރޭ ވިސްނާށެވެ. މާގިނައިން އޮފީސް ދަތުރު ދިއުމާއި އޮފީހުން ބޭރުގައި ނަގާފައި ހުންނަ ފޮޓޯތަކުގައި އާދަވެގެން އެއް މޫނެއް ހުރުމާއި އޮފީސްވަގުތު ނޫން ވަގުތުތަކުގައި އެމީހެއްގެ ކޯލްތަށް ފޯނަށް އައުމުގެ އިތުރުން ކުއްލި ކުއްލިއަކަށް ބައިވެރިޔާގެ ދިރިއުޅުމުގެ ޝެޑިއުލްއަށް ބަދަލުތަށް ގެންނަށްޖެހޭނަމަ ފުންކޮން ވިސްނާލަން ޖެހެއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ބައިވެރިޔާއާއި ދޭތެރޭގައި ވިސްނާ ގާތުން ބަލަންޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!