ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލާއިފި އެވެ.

އެކުންފުނިން ބުނި ގޮތުގައި އެ މަސައްކަތް ނިންމާލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހެވެ. 

އެ މަޝްރޫއުގެ ދަށުން 8103 އަކަ މީޓަރު ސަރަހައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އަދި ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ. އޭގެ އިތުރުން އެ މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ބުނެ އެވެ.

މަޝްރޫއަކީ 2.49 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!