ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން މެލޭޝިއާ ދަތުރު އަންނަ މަހަށް ފަސްކޮށްފި

މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ބާއްވަން ނިންމާފައިވާ ފްލައިޓު އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ނިންމާފައިއޮތީ މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ފްލައިޓެއް ބޭއްވުމަށެވެ. ނަމަވެސް، ގިނަ ދަރިވަރުންގެ އެދުމުގެ މަތިން ފްލައިޓު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކުރީއެވެ.

މޯލްޑިވިއަން އިން ބުނީ އިތުރު ދަރިވަރުންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން އެ ދަތުރު އަންނަ މަހުގެ އެކަކަށް ފަސްކޮށްފައިވާ ކަމަށެވެ.

އެ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 385 ޑޮލަރު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!