ކޯވިޑުން ރަނގަޅުވެ، ރައީސް މައުމޫން ގެއަށް ވަޑައިގެންފި

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅީގެން ފަރުވާ ހޯއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް ބަލީން ރަނގަޅުވެ، ހޮސްޕިޓަލް ދޫ ކުރައްވާ ގެއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިވަޑައިގެންނެވި އިރު އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 82 އަހަރެވެ.

ރައީސް މައުމޫން މިއަދު ޑީއެޗުން ނުކުމެ ވަޑައިގެން ޓްވީޓެއް ކުރައްވާ ވިދާޅުވީ “މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން” ކަމަށެވެ.

އަދި އެކިއެކި ބަލިބަލި ތަހައްމަލު ކުރަމުންދާ ހުރިހާ އެންމެނަށް އަވަސް ޝިފާއަކަށް އެދި އެ މަނިކުފާނު ދުއާ ކުރައްވާފައި ވެސް ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!