އިއްޔެ އެކަނިވެސް ކޯވިޑް ކޭސްގެ އައު ރެކޯޑެއް: ޑަބްލިޔުއެޗްއޯ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 307،930 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 4.8 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 94،372 މީހުންނަށްވަނީ ބަލިޖެހިފައެވެ.

އިންޑިޔާ އަދި އެމެރިކާއިން 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، މިހާ ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ބަލިޖެހިގެނ ރިޕޯޓުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 306،857 މީހުންނަށް ބަލި ޖެހުނު ދުވަހެކެވެ.

އަދި އިއްޔެ އެކަނިވެސް މި ބަލި ޖެހިގެން ވަނީ 5537 މީހުން މަރުވެ ޖުމްލަ މަރުވި މީހުންގެ ޢަދަދު 917،417 އަށް އަރާފައެވެ.

މިވަގުތު ކޮވިޑް-19 ބަލިމަޑުކަން 58 ޤައުމެއްގައި ފެތުރެމުން އަންނަ އިރު، އޭގެ ތެރޭގައި އާރޖެންޓީނާ، އިންޑޮނޭޝިޔާ، މޮރޮކޯ، ސްޕެއިން އަދި ޔޫކްރެއިން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!