ސައުދީ ބޯޑަރުތައް އަލުން ހުޅުވާލަނީ

ކޯވިޑްގެ ނުރައްކަލުން ރައްކާތެރިވުމަށް ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 6 މަސްދުވަހަށް ފަހު އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާލާނެކަން އެ ޤައުމުން އިއުލާންކޮށްފިއެވެ.

ޖަނަވަރީ މަހުގެ 01 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ހުޅުވާލުމުގެ ކުރިން ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެސް ބައެއް ފަރާތްތަކަށް ސައުދީ އަރަބިއްޔާ އިން ބޭރަށް ދަތުރު ކުރުމާއި އަދި އެގައުމަށް އެތެރެ ވުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.

ހާއްސަ ހުއްދައެއްގެ ދަށުން ސެޕްޓެމްބަރ 15 އިން ފެށިގެން އެގައުމަށް ދަތުރު ކުރެވޭނީ އަދި ގައުމުން ބޭރަށް ދަތުރު ކުރެވޭނީ މުއްދަތު ހަމަނުވާ ވޯކް ވިސާ އޮންނަ ފަރާތްތަކާއި ރެސިޑެންސީ ވިލާ އޮންނަ ފަރާތްތަކަށާއި އަދި ވިސިޓް ވިސާ ލިބިފައިވާ ފަރާތްތަކަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް ސައުދީން ވަނީ އެޤައުމަށް އެއްވެސް ބޭނުމެއްގައި އެތެރެވުމާއި ޤައުމުން ބޭރުވުންވެސް މަނާކޮށްފައެވެ. އަދި ޙައްޖާއި އުމްރާވެސް މެދު ކަނޑާލާ މިއަހަރުގެ ޙައްޖުގެ ވުމުގެ ފުރުސަތުވެސް ދީފައިވަނީ އެ ޤައުމުގައި ތިބި އެކި ޤައުމުތަކުގެ މީހުން ހިމެނޭ ގޮތަށް 10،000 މީހުންނަށެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރޭ ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ބޯޑަރު ހުޅުވާލި ނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭން އަދި ނިންމާފައި ނުވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!