ތައިލަންޑު ޓްރިޕް އަށް ފަހު ސާރާ އާއި ސުޝާންތުގެ ގުޅުން ވަނީ ކެނޑިފަ: ޑުރައިވަރު

ސުޝާންތުއާއި ސާރާގެ ތައިލެންޑު ދަތުރުގެ ފަހުން އެދެމީހުންގެ ގުޅުން ކެޑިފައިވާކަމަށް ސުޝާންތުގެ ޑުރައިވަރު ދިރެންދުރާ ހާމަކޮއްފިއެވެ. ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން ސީބީއައިއަށްވެސް ޙާޒިރުކުރެވި ސުވާލުކުރެވިފައިވާ ދިރެންދުރާ އަންނަނީ މީޑިއާތަކަށް ސުޝާންތުގެ ދިރިއުޅުމުގެ ބައެއްކަންތަށްތަށް ހިއްސާކުރަމުންނެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2019 ވަނަ އަހަރުގެ އޭޕްރިލް އާހަމައަށް ސުޝާންތުގެ ޑުރައިވަރެއްގެ ގޮތުގައި މަސައްކަތްކޮއްފައިވާ ދިރެންދުރަ އިންޑިއާ ޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކޭދާރުނާތުގައި ސުޝާންތުއާއިއެކު ހަރަކާތްތެރިވެފައިވާ ސާރާ އަލީ ޙާންއާއި ގާތްގުޅުމެއް ސުޝާންތު ބާއްވާ ކަމަށެވެ. ސާރާ އެއްވެސް ވަރަކަށް ސުޝާންތު ގެއަށް އައިސް ހަދާތޯ ކުރި ސުވާލަށް ޖަވާބުދެމުން ޑުރައިވަރު ބުނެފައިވަނީ ގެއަށް ނާންނަ ކަމަށާއި އެހެން ނަމަވެސް ކޭދާރުނާތުގެ ޕުރޮމޯޝަންގެ ތެރޭގައި ކުރެވޭ ގިނަ ދަތުރުތަށް ދެމީހުން އެކީގައި ކޮއްފައިވާކަމަށެވެ.

މި ދެ އެކުވެރިންގެ ގުޅުން ކެޑުނުކަމަށް ޑުރައިވަރު އެބުނާ ތައިލަންޑު ޓްރިޕް މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި ކޮއްފައިވާ ދަތުރެއްކަމަށް ސުޝާންތުގެ ހައުސް މެނޭޖަރު ސެމިއުލް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑުރައިވަރު ބުނިގޮތުގައި އެދަތުރު އެދެމީހުން ދިޔަ އިރު ޑްރައިވަރު ހުރީ ޗުއްޓީގައެވެ. އެހެން ނަމަވެސް ދަތުރުން އެބުރި އައިސް މާގިނަދުވަހެއް ނުވެ އޭނާ މަސައްކަތަށް ނިކުން ކަމަށާއި އެދަތުރުން އައުމަށްފަހު ސުޝާންތުއާއި ސާރާ އާއި ކުރިންއޮންނަ ގުޅުން ނޯންނަކަން ފާހަގަވިކަމަށް ޑުރައިވަރު ބުނެފައިވެއެވެ.

ވަރަށް ބުރަ ޝެޑިއުލެއްގައި މަސައްކަތްކުރާ ތަރިއެއްކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނި ސުޝާންތުއާއިއެކު ކުޅިވަރާއި ސޫޓިންގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ހަރަކާތްތެރިވާކަމަށެވެ. ޑުރަގުގެ އެއްވެސް މުއާމަލާތެއް ކުރާކަން ފާހަގަވޭތޯ ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައިވަނި އޭނާ ޑުރައިވަރެއްގެ ގޮތުގައި ސުޝާންތުއާއިއެކު އުޅުނު އިރު އެފަދަކަމެއް ނުހިންގާކަމަށެވެ.

ކެއުމާއި ،ނިދުމާއި އެހެނިހެންކަންތަށްތަށްވެސް އުސޫލެއްގެ ތެރެއިން ރާވާލައިގެން ކުރާ މީހެއްކަން ފާހަގަކޮށް ޑުރައިވަރު ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިވުމާ ހަމައަށްވެސް ސުޝާންތުގެ ހަޔާތަށް ރިއާ ނާންނަކަމަށެވެ. އަދި ރިއާ އާއި ބައްދަލުވެފައިވެސް ނެތަކަމަށް އޭނާ ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!