މި ވީޑިއޯއިން އަނެއްކާވެސް ރިއާ ތަހުޤީޤަށް ދޮގު ހަދަމުންދާކަން ފަޅާއަރައިފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އަނެއްކާވެސް ރިއާ ތަޙުޤީޤަށް އަދި މީޑިއާއަށްވެސް ދޮގު ހަދަމުންދާކަން ފަޅާއަރައިފިއެވެ. ސުޝާންތުގެ އެޕާރޓުމަންޓު ގައި ނަގާފައިވާ މި ވިޑިއޯއިން ފެންނަނީ ސުޝާންތުއާއި އެކު ރިއާ، ސެމިއުލް އަދި ސިދާތު ޕިޓާނީ ސަމާސާކޮށް މަޖާކުރާ މަންޒަރެވެ. ރިއާ އަދި ސުޝާންތު މައިކް ހިފައިގެން ތިބޭއިރު ސެމިއުލް ގިޓާކުޅޭ މަންޒަރު ފެނެއެވެ. އަދި އެމީހުންގެ އެހުށައެޅުން ބަލަން އިންނަ ބެލުންތެރިއެއްގެ ހައިސިއްޔަތުން ސިދާތު އިންނަ މަންޒަރުވެސް ފެނެއެވެ.

ވީޑިއޯއިން ފެނިގެންދަނީ ސިގިރޭޓު ބޯމަންޒަރު ނަމަވެސް އެ ސިގިރޭޓަކީ ޑުރަގު އިސްތުމާލުކުރުމަށް ބޭނުންކުރެވޭ ޒަރިއްޔާއެއްކަން އެގިގެންދަނީ އެތަނުގައި ދެކެވޭ ވާހަކައިންނެވެ. ޑުރަގުގެ ބާވަތެއްގެ އެކުލެވޭ ސިގިރޭޓެއްކަން ސުޝާންތު ޔަޤީންކޮއްދިނުމަށް ވާހަކަ ދައްކަމުން އެ ސިގިރޭޓު ރިއާއަށް ދޭ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ. އަދި ރިއާ ބުއިމަށްފަހު ސިދާތުއަށް ސިގިރޭޓު ޕާސްކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެންސީބީގެ ދަށުން ރިއާ މިހާރު ހައްޔަރު ކުރެވިފައި ވީނަމަވެސް މިހާތަނަށްވެސް ޑުރަގު ބޭނުންކުރާކަމަށް ރިއާ އެއްބަސްވެފައެއް ނުވެއެވެ. އެނާ ހައްޔަރުކުރެވިފައިވަނީ ޑުރަގު ގަތުމާއި އެހެން މީހުނަށް އެ ފޯރުކޮއްދިނުމުގައި އެހީތެރިވެފައިވާތީއެވެ. ރިއާ ބުނަމުން އައިސްފައިވަނީ އޭނާ ޑުރަގުގެ މުއާމަލާތްތަށް ކުރަންފެށީ 14 ޖޫންގައި އަމިއްލަ އެޕާރޓުމަންޓުގައި ދަންޖެހިފައި ހުރިކަމަށްބުނާ ސުޝާންތު ސިންގު ރާޖުޕުތުއަށް ޓަކައިކަމަށެވެ.