މަޖިލިސް ހުޅުވުމުން ރިވައިޒްޑް ބަޖެޓެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލިސް ހުޅުވުމުން ރިވައިޒްޑް ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މަޖިލިސް ޗުއްޓީއިން އައުމުން ރިވައިޒްޑް ބަޖެޓެއް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރިވައިޒްޑް ބަޖެޓްގައި މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓްގައި ހުރި ބައެއްކަންކަން އެޑްޖަސްޓް ކޮށްފައިވާނޭ ކަން ފާހަގަ ކުރެއްވި އެވެ. 

ކޮވިޑް19 އާއި ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ލަފާކޮށްފައިވެ އެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް ބޮޑެތި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

މީގެ އިތުރުން 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްވެސް ފިނޭންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް އޮކްޓޯބަރު މަހުގައި ހުށަހަޅާނެ އެވެ. އަދި ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!