ކޮވިޑުގައި އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 32 ވަނަ މީހާ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނި ގޮތުގައި ރޭ ފަތިހު 3:55 ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑް ޖެހިފައިވާ 1،966 މީހަކު މިހާރުވެސް ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެމުންނެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 9ވަނަ ދުވަހުއެވެ. މީނާއަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!