މޮގެންބޯގެ ރޯލު ފުރަތަމަ ހުށަހެޅީ ކާކަށްކަން އެނގޭތަ؟

އިންޑިއާގެ ތާރިހުގައި ހެދި އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި ހިމެނޭ ”މިސްޓަރ އިންޑިއާ”ގެ އައިކޮނިކް ވިލަން މޮގެމްބޯގެ ރޯލް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަނޫޕަމް ކޭރް އަށެވެ.

އެ ފިލްމުގައި މޮގެންބޯ ގެ ރޯލު ކުޅެފައިވާ އަމްރިޝް ޕޫރީ އަކީ އިންޑިއާގެ ފިލްމުތަކުން އެންމެ ފާހަގަ ކޮށްލެވޭ އެއްތަރިއެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 450 އަށް ވުރެ ގިނަ ފިލްމް ކުޅެފައެވެ. އޭނާ ކުޅެފައިވާ ހުރިހާ ފިލްމެއްގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ބޮލީވުޑްގެ ތާރީހުގައިވެސް އެންމެ މަގްބޫލުކަން ހޯދި މި ވިލަން ބައެވެ. 1987 ގައި ނުކުތް ”މިސްޓަރ އިންޑިއާ” މި ފިލްމުގައި އަމްރިޝް ޕޫރީގެ އިތުރުން ސްރީދޭވީ އާއި އަނިލް ކަޕޫރު ވަނީ ފެނިގެން ގޮސްފައެވެ.

މި ފިލްމް އަމްރިޝް ޕޫރީއަށް ހުށަހެޅުމުގެ ކުރިން ފުރަތަމަ ހުށއަޅާފައިވަނީ އަނޫޕަމް ކޭރް އަށެވެ. އެކަމަކު އޭގެ މަހެއް ނޫނީ ދެ މަހެއް ފަހުން ފިލްމު އުފެއްދި ފަރާތުން އޭނާގެ ބަދަލުގައި އަމްރިޝް ޕޫރީ އަށް އެ ރޯލް ދޭން ނިންމި ކަމަށް އޭނާ ބުންޏެވެ.

އަނޫޕަމް ބުނީ ފިލްމު ހުށައެޅުމަށްފަހު އެގޮތަށް ކަންތައް ވުމުން ވަރަށް ބޮޑަށް އަސަރު ކުރިކަމަށެވެ. ނަމަވެސް މިސްޓަ އިންޑިއާ ނިންމައިގެން ސިނަމާތަކުގައި ދައްކަން ފެށުމުން އެރޯލަށް އޭނާގެ ބަދަލުގައި އަމްރިޝް ޕޫރީ ހަމަޖެއްސީ ކީއްވެގެންކަން ވަރަށް ބޮޑަށް ސާފުވިކަމަށެވެ. އޭނާ ބުނީ އަމްރިޝް ޕޫރީ ނޫން ދެވަނަ އެހެން އެއްވެސް އެކްޓަރަކަށް މޮގެމްބޯގެ ކެރެކްޓާ ނުކުޅެވޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!