ހިޔާ ފްލެޓުތަކުގައި އެމްއެންޑީއެފުން ފަޔަރ ޑްރިލްއެއް ބާއްވައިފި

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އެމްއެންޑީއެފުން މިއަދު ފަޔަރ ޑްރިލްއެއް ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޑްރިލްއަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ ޑްރިލްއެއްކަމަށެވެ. މި ފަރިތަކުރުންތަކުގައި އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތްކުރާނެ ގޮތްތައް ފަރިތަކޮށްފައިވާއިރު މި ފަރިތަކުރުންތަކުގައި އެކަމަށް ޚާއްސަ ވެހިކަލްތައްވެސް ވަނީ ބޭނުންކޮށްފައެވެ.އެމްއެންޑީއެފުން ބުނީ މިއީ އެތަނުގެ ފަޔަރ ފައިޓަރުންގެ ގާބިލްކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނުތަކެއްކަމަށެވެ.

“މިއީ އެމްއެންޑީއެފްގެ ފަޔަ ފައިޓާސްގެ ގާބިލްކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީނުތަކެއް،” އާޒިމް ވިދާޅުވި އެވެ. މި ޑްރިލް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 1:30 ން 3:00 އަށެވެ. ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަކީ 25 ބުރީގެ ފްލެޓްތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!