އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި ޚިލާފަށް މިއަދު މާލޭގައި އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިއަދު ހަވީރު މާލޭގެ ރަސްފަނުން ފެށުމަށް މަސައްކަތްކުރި މިސައިލަކް ބުރު ފުލުހުންވަނީ ނިކުމެ ހުއްޓުވާފައެވެ.

ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ މިއީ އެ ޕާޓީން ބޭއްވި ހަރަކާތެއްނޫންކަމަށެވެ. އެހެންނަމަވެސް އެޕާޓީގެ އިސްބޭފުޅުން ބައިވެރިވިތަން ފެނިގެންދިޔައެވެ.

މީގެ ކުރިން އިދިކޮޅުން ބޭއްވި މިފަދަ އެއްވުމެއްގެ ސަބަބުން އެ ޕާޓީ ވަނީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!