ހުވަޔާއި ހިލާފަށް ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ގޮވާލުމުން އާދަމް ޝަރީފްއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން އަދި ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރިފް އުމަރު ކުރެއްވި ޓްވީޓަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ޒުވާނުން މިއަދު ހަވީރު ސައިކަލް ބުރެއް ބާއްވާނެކަން އިއުލާން ކުރުމާއި ގުޅިގެން ފުލުހުން ވަނީ އެޗްޕީއޭގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ގެ އެންގުމާއި ހިލާފަށް މިއަދު ހަވީރު ޕީޕީއެމް ޕީއެންސީ އިން ބޭއްވި ޒުވާނުންގެ ސައިކަލުބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާއި ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ކިތަންމެ ގިނަ ބަޔަކު ބަންދު ކުރިޔަސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީގަލް އެފެއާސް ޑިޕާޓްމެންޓުގެ ލޯޔަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އާދަމް ޝަރީފްގެ މި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެއްބަޔަކު ބުނަމުން ދަނީ ރައްޔިތުން މަޖިލީހުގެ މެމްބަރެއް ހުވަޔާއި ހިލާފަށް ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް މުޒާހަރާކުރަން ހިއްވަރު ދީފައި ވާތީ، މަޖިލީހުގެ ސުލޫކީ ކޮމިޓީ އާއި ފުލުހުންނާއި އީސީއިން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!