ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވިދާޅުވީ އެ ހަތް މީހުންނަކީ ވެސް ހޯމް ކަރަންޓީނު ނިންމައި، ދޫކޮށްލުމުގެ ކުރިން ނެގުނު ސާމްޕްތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ.
އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގވެސް ނިމިފައިވާއިރު، ކޮންޓެކްޓެއްގެ ގޮތުގައިވެސް މީހަކު ފާހަގަވެފައި ނުވާ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް މަރުކަޒުން ވިދާޅުވިއެެވެ.
މީގެ އިތުރުން މަރުކަޒުން ވިދާޅުވީ، އެ މީހުންގެ ތެރޭގައި ހައި ރިސްކް މީހަކު ނެތުމުން، އެ މީހުން އިހަވަންދޫގައި ބައިތިއްބަން ނިންމަން އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.