މަދަހަ ރަން އަޑުގެ ނަތީޖާ ފާޅުކޮށްފި

މުންނާރު ޗެނަލުން ގެނެސްދިން މަދަޙަ ކިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅު ކޮށްފިއެވެ.

އެމްއެމްއޭސީ އާއި މޮންދު ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދިން މަދަހަ ރަން އަޑުގެ ނަތީޖާ ފާޅުކޮށްފައިވަނީ ރޭގައެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ ސޮފާ ތައުފީގް، ޝަހީދާ ރިއްފަތު، އަޝްރަފް އަލީ، އައްޔުމަން ޝަރީފް އަދި އިއްޒާ ނިޒާރުއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ އަދި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫން އެވެ.

މަދަހަ ރަން އަޑުގެ މުޅި މުބާރާތުން 1 ވަނަ އާއި، ޅެންވެރިކަމުގެ ގޮތުން 1 ވަނަ އަދި ސީނިއަރ ގްރޫޕުންނާއި އޭޖް ގްރޫޕުންވެސް 1 ވަނަ ހޯދީ އާމިނަތު ރާޔާ އަޝްރަފްއެވެ.

މުޅި މުބާރާތުން 2 ވަނަ މުޝާތް މުސްތާޤު އަށް ލިބުނު އިރު މުޅި މުބާރާތުން 3 ވަނަ ކާމިޔާބު ކޮށްފައިވަނީ ޢާއިޝަތު ޖޫނީ ޖިނާހުއެވެ.

މުޅި މުބާރާތުން 1 ވަނަ އަދި އަމިއްލަ ރާގުން އެއްވަނަ އަށް ރައީސްގެ ހާއްސަ އިނާމްވެސް ވަނީ ހަދިޔާ ކޮށްފައެވެ. މީގެއިތުރުން ކޮންމެ އުމުރު ފުރާ އަކުން 1 ވަނަ އަށް އިސްލާމިކް މިނިސްޓްރީން ހާއްސަ އިނާމެއް ހަދިޔާކޮށަފއިވާ އިރު، މުޅި މުބާރާތުގެ 1ވަނަ، 2ވަނަ އަދި 3 ވަނަ އަށް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ވަނީ އިނާމް ހަދިޔާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!