އުމުރުން 2 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކެޝޫ ނަޓް ކޮޅެއް ނަގައިފިއެވެ.
އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވަނީ ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކެޝޫ ނަޓެއްގެ ބައިތަކެއް ނެގުމަށް ކުރި މަސައްކަތުގެ ވީޑިއޯ ހިއްސާ ކުރައްވައިފައެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ކުއްޖާގެ ފުއްޕާމޭގެ ދެ ފަޅީގައި ހުރި ކެޝޫ ނަޓުގެ ބައިތަކެއް ކާމިޔާބުކަމާއެކުގައި ނަގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހޮސްޕިޓަލަށް ދާ އިރު، ކުރިން ދިމާވެފައިވާ ކަންކަން ކިޔައިދިނުން މުހިންމު ކަމަށެވެ.