އައްސޭރި ޖަލުގެ ޑިރެކްޓަރު ޝާހީން ސަސްޕެންޑު ކޮށްފި

ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތުގައި އައްސޭރި ޖަލުގެ ޑިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި ސްޕްރިޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން އަލީ ސަސްޕެންޑްކޮށްފި އެވެ.

ހައްމަދު ޝާހީން ސަސްޕެންޑް ކޮށްފައިވާކަން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދުވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ސަސްޕެންޑް ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޝާހީން ސަސްޕެންޑު ކޮށް އޭނާއާ ގުޅިގެން ބަލަމުން އަންނަނީ މި އަހަރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ އައްސޭރި ޖަލުގެ ވަށާފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ކަމާނުގުޅޭ ގުދަނެއް ހުއްދަނެތި އެޅުމުގެ މަސައްކަތް ކޮށްފައިވާތީ އާއި ޕްރިސް ވޯޓަރ އިން ބަލަހައްޓަމުންދާ ޕްލާންޓް ގެއާއި އިންވެގެން އެކްސްޓެންޝަން މަސައްކަތެއް ހުއްދަ ހޯދުމެއް ނެތި ކުރަމުން ދާ މައްސަލައެއް ގައެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާތިވެ، އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!