24 ފަޅުވެރިންނާއެކު ގދ.މަޑެވެލީގެ މަސްދޯންޏެއް އެ ރަށު ބަނދަރުގައި ކަރަންޓީނުކޮށްފިއެވެ.
ގދ. މަޑަވެލި ކައުންސިލުގެ ރައީސް މައުލޫމާތު ދިންގޮތުގައި، މި މަސްދޯންޏަކީ މި މަހުގެ 1 ވަނަ ދުވަހު ހުޅުމާލެއަށް ދަތުރުކޮށްފައި އެނބުރި އައި ދޯންޏެކެވެ.
ދޯނި ކަރަންޓީނުކުރީ، މިމަހުގެ އެއް ވަނަ ދުވަހު، މަސް ކިރުމަށްޓަކައި ހުޅުމާލެއަށް ކައިރިކޮށްފައިވަނިކޮށް ދޯނީގެ އެެއްވެސް ފަޅުވެރިއަކު، ހުޅުމާލެއަށް ނުވަތަ މާލެއަށް އަދި ދޯންޏަށް އެއްވެސް މީހަކު އެރިކަމުގެ ޔަގީންކަން ދޯނީގެ ވެރިޔާއަށް ދެވިފައި ނުވާތީ ކަމަށް ހަމީޒް ވިދާޅުވި އެވެ.
އެހެންކަމުން 24 ފަޅުވެރިންނާއެކު، މި ދޯނި ކަރަންޓީނުކޮށްފައިވަނީ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން މައުލޫމާތުދިނެެވެ.
ކައުންސިލުން މައުލުމާތުދިންގޮތުގައި، މި ދޯނި ރަށު ބަނދަރުގައި ކަރަންޓީނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.