ސާޖިދް ޙާންއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް

މަޝްހޫރު އިންޑިއާގެ ފިލްމް ޑިައިރެކްޓަރު ސާޖިދް ޙާންއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.

އިންޑިއާގައި ޖިންސީ ގޯނާގެ އަނިޔާ ލިބިފައިވާ މީހުންނަށް ހަދާފައިވާ ޖަމިއްޔާ “މީ ޓޫ” ގެ ދަށުން ގިނަ އަދަދެއްގެ އަންހެނުން ވަނީ ޖިންސީ ގޯނާ ލިބިފައިވާ މީހުންގެ ނަންތައް އާންމު ކުަރަމުންނެވެ. އެގޮތުން ބޮލީވުޑް ގެ ބަައެއް މަޝްހޫރު މީހުން ކަމަށްވާ ނާނާ ޕަޓޭކަރް އާއި ސާޖިދް ހާންގެ ނަން ވެސް ވަނީ ހިމަނާފައެވެ.

އިންޑިއާގެ މޮޑެލް އެއް ކަމަށްވާ ޕައުލާ ބުނީ އޭނާގެ އުމުރުން 17 އަހަރުގައި ސާޖިދް އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ އާއި ދައްކަން ނުވާނެ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި، ގައިގައި އަތްލަން މަސަތްކަތް ކޮށްފައިވާ ކަމަށާއި، އޭނާގެ ކުރިމަތީ ބަރަހަނާ ވެއްޖެނަމަ ހައުސްފުލް ފިލްމް އިން ޖާގައެއް ދޭނެ ކަމަށް ސާޖިދް ބުނި ކަމަށް ޕައުލާ ބުނެއެވެ.

މީގެ އިތުރުން މީގެ އެތައް އަހަރެއް ކުރިން އިންޓަވިއުއަކަށް ދިޔަ އަންހެނަކުވެސް ވަނީ އޭނާ އާއި ސާޖިދް ޖިންސީ ޣޯނާ ކުރިކަން ހާމަކޮށްފައެވެ. މީގެ އިތުރުން ހިއްމަތްވާލާ ފިލްމުގައި އާއި ހަމްޝަކަލްސް ފިލްމުގެ ބައިވެރިޔެއް ވެސް ވަނީ އެވާހަކަތަކާއި ހަވާލާދީ އޭނާއަށް ވެސް ޖިންސީ ގޯނާ ކުރިކަމަށް ބުނެފައެވެ. މިވާހަކަތަކަށް އެ ފިލްމުގައި މަސަތްކަތް ކުރި ބިޕާޝާ ބުނީ އޭނާއަށް ވެސް އެ މާހައުލުން އެފަދަ ވާހަކަތަކެއް އަޑު އިވުނު ކަމަށާއި ނަމަވެސް އޭނާ އާއި އެފަދަ ކަމެއް ދިމާނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަހަލަ މާހައުލެއްގައި ދެން މަސަތްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން ސާޖިދް ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމް ” ހައުސްފުލް 4″ ގެ ޑައިރެކްޓަރު ކަން ދޫކޮށްލާފައެވެ. އަދި އޭނާ ބުނީ އޭނާ އަށް ކުރަމުންދާ ތުހުމަތުތަކަށް ވަރަށް އަވަހަށް ސާފުކޮށްދޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!