އާފްތާބް ވެސް ކޮވިޑަށް ޕޮޒިޓިވް، އެންމެންގެ ކިބައިން އެދެނީ އުސޫލުތަކަށް ބޯލެނބުމަށް

ބޮލީވުޑްގެ ބައެއް ތަރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނަ ދުވަސްވަރެއްގައި، އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ އެކްޓަރު އާފްތާބް ޝިވްދަސާނީއެވެ.

2000 ގެ ކުރީކޮޅު ވިދައިލި އެކްޓަރު ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައިވަނީ ޓުވިޓާގައި މިއަދު ކުރި ޕޯސްޓެއްގައެވެ. އެގޮތުން 42 އަހަރުގެ ތަރި ބުނީ، ކަމާބެހޭ ފަރާތްތަކުން އޭނާއަށް އަންގާފައިވަނީ ގޭގައި ކަރަންޓީނު ވުމަށް ކަމަށެވެ. އަދި އޭނާއާ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ އެންމެން ވެސް ޓެސްޓު ކުރުމަށް ލަފާދީފައިވެއެވެ.

މީގެ އިތުރުން އާފްތަބަ ވަނީ ގައިދުރު ކުރުމާއި، މާސްކު އެޅުމާއި، ސެނިޓައިޒް ކުރުމުގެ މުހިއްމުކަން ކިޔައިދީފައެވެ. “އޭރުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެގެން ދާނެ”، އާފްތާބް ބުނެފައިވެއެވެ. ހަމައެހެންމެ، އެންމެން އެކީގައި މަސައްކަތް ކޮށްގެން މިކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ބުންޏެވެ.

އާފްތާބްގެ ފިލްމީ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި “މަސްތު”، “ކަސޫރް”، “ޕިޔާރް އިޝްގް އޯރް މޮހައްބަތު” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!