މި ނަރުހަށް އެތައް ބައެއްގެ ތައުރީފް!

އައިޝަތު ހައިފާ އޭނާގެ ޓްވިޓާގައި ހިއްސާކުރި ޕޯސްޓަކުން އެތަށް ބައެއްގެ ސަމާލުކަން  އަތުލައިފިއެވެ. 24 ގަޑިއިރުގެ ތެރޭގައި 200 އަށްވުރެ ގިން ރީޓްވީޓް އަދި 800 އަށްވުރެ ގިނަ ލައިކްސް ލިބުނު ފި ޕޯސްޓުން ފެންނަ ފޮޓޯއިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ.

ޕީޕީ އަޅައިގެން އިން ނަރުހަކު ބަލިމީހަކާއެކު އޮށްވަޅު ގޮނޑިކުޅޭ މަންޒަރު ދައްކުވައިދޭ މިފޮޓޯ ހިއްސާ ކުރަމުން ހައިފާ ބުނެފައިވަނީ އެނަރުހަކީ ވަރަށް ރަގަނޅު ނަރުހެއް ކަމަށާއި ބަލިމީހުންނަށް އަޅާލުމުގެ ނަމޫނާއެއް ކަމަށެވެ. ޑިއުޓީގައި ބަލިމީހުންނަށް އެހީތެރިވެދިނުމަށްފަހު އަރާމުކޮއްލަން ލިބޭ ހުސްވަގުތުވެސް ބަލިމީހުނާއި ވާހަކަދައްކާ ކުޅެ ސަމާސާކުރުމުގައި ހޭދަކުރާކަމަށް ހައިފާ ލިޔެފައިވެއެވެ.

މި ފޮޓޯގައި ފެންނަ ނަރުހާބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮއްފައިނުވިނަމަވެސް ކޮވިޑުގައި ނުރައްކާ ބޮޑުވެދާނެ މީހުން އެޑްމިޓްކޮއްގެން ފަރުވާދިނުމަށް ހާއްސަކޮއްފައިވާ ހުޅުމާލެ ފެސިލިޓީގައި ނަގާފައިވާ މިފޮޓޯގައި ފެންނަ ނަރުހަށް އެތަށް ބައެއްގެ ތައުރީފުދަނީ އޮހެމުންނެވެ.

މި ފޮޓޯއަށް ކޮމެންޓު ކުރަމުން ހަޤިޤީ ހީރޯއިން ނަކީ އެއީ ކަމަށްބުނެ އެނަރުހަށް ބައެއްމީހުން ތައުރީފުކޮއްފައިވާއިރު އަނެއްބައި މީހުން ބުނެފައިވަނީ ޤައުމަށް ބޭނުންވަނީ އެފަދަ ޙިދުމަތްތެރިންކަމަށެވެ. އަދި މިއީ އިންސާނިއްޔަތުގެ ފުރިހަމަ ނަމޫނާއެއްކަމަށްބުނެވެސް ބައެއް މީހުން ތައުރީފުކޮއްފައިވެއެވެ.

ހަޤީޤަތުގައި ދަރުމައަށް މަސައްކަތްކުރުމަކީ މިއީއެވެ. ތިމާއަށް ލިބޭ ފައިދާއަކަށް ނުބަލާ އެކަމަކުން އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނެ ގޮތަކަށް މަސައްކަތްކުރުމެވެ. ނަފްސާނިގޮތުން ބަލިމީހާ ބަލިކަށިވިޔަ ނުދީ އެމީހުންނަށް ހިއްވަރު ދިނުމަށް ގާތްތިމާގެ މީހުންނަށް ގާތުގައި ނުތިބެވޭ މި ބަލިމަޑުކަމުގައި އެމީހުންނަށް އެހީވެވެންތިބި ބަޔަކީ ނަރުހުންނެވެ. ލޯއްބާ އޯގާތެރި ކަމާއެކު މިއީ އަމިއްލަ ކަމެއްކަމުގައި ދެކެގެން މަސައްކަތްކުރާ މިފަދަ ނަމޫނާއަކަށް ކޮންމެ ޙިދުމަތްތެރިއަކުވެސް ވާންޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!