ކަންގަނާގެ ސިޓީއެއް ސޯނިޔާ ގާންދީއަށް

ބޮލީވުޑުގެ މަޝްހޫރު ތަރި ކަންގަނާ ރަނޯޓަށް ސަރުކާރުގެ ފަރާތުން އުދަނގޫތަށް ކުރިމަތިވަމުން އަންނަ ކަމަށްބުނެ ފަހަކަށް އައިސް އިންޑިއާ ސަރުކާރުގެ ބައެއް މުއައްސަސާތަކާއި މިނިސްޓަރުންނަށް ކަންގަ ދަނީ ފައުޅުކަންބޮޑުގޮތުގައި ފާޑުވިދާޅުވަމުންނެވެ. މިދިޔަ ބުދަ ދުވަހު ބީއެމްސީގެ އޮފިޝަލުން އޭނާގެ އޮފީސްތަޅާލުމައިގުޅިގެން މި މައްސަލަވަނީ އިތުރަށް ހޫނުވެފައެވެ.

ސޯޝަލް  މީޑިއާ މެދުވެރިކޮށް ކަންގަނާ އޭނާގެ އިހުސާސްތަށް ފައުޅުކުރަމުންދާއިރު އޭނާ ވަނީ ސޯނިޔާގަދީއަށްވެސް އެކަމާ ގުޅިގެން ޓްވިޓާ މެދުވެރިކޮށް ސިޓީއެއް ފޮނުވާފައެވެ. މި ޓްވިޓާގެ ޖަވާބުގައި ސޯނިޔާ ގަދީ ބުނެފައިވަނީ އަންހެނުންނަށް އިންޑިއާގެ މާހައުލުގައި ދިމާވާ ދަތިތަށް ކަންގަނާއަށްވެސް އެގިލަންވާނެކަމަށް ޤަބޫލުކުރެވޭ ކަމަށާއި އަދި އަމިއްލަ ޤައުމުގެ ސަރުކާރުގެ ފަރާތުން އެފަދަ އުދަނގޫތަކެއް ދިމާވަމުންދާތީ އެކަންތަށްތަށް ކުރެވެނީ ޤާނޫނާއި ޤަވައިދުގެ ދަށުންތޯ ޔަޤީން ކުރާނެކަމަށް ބުނެފައިވެއެވެ.

އެވާހަކަތަކާއި އެކު ކަންގަނާވަނީ އަންހެނެއްކަށްވީތީ ސަރުކާރުގެ ފަރާތުން އެކަމަނާއަށް އެފަދަ އުދަޤޫތަކާއި ކުރިމަތިވެފައި ވޭތޯ ސުވާލުކޮއްފައެވެ. އަދި ސަރުކާރުން އެކުރާ އެންމެހާ ކަންތަށްތަށް ޤާނޫނުގެ ތެރެއިން ކުރުމަށް ހުށައެޅިދާނެތޯވެސްވަނީ ސުވާލުކޮއްފައެވެ.

މިދިޔަ ބުދަ ދުވަހު ކަންގަނާގެ އޮފީސްތަޅާލާފައިވީނަމަވެސް ކަންގަނާ އޭނާގެ މަސައްކަތްތަކައް އަދިވެސް ބޭނުންކުރަނީ އެތަން ކަމަށް އޭނާ ސޯޝަލް މީޑިއާގައިވަނީ ބުނެފައެވެ. އަދި އެނޫން އެހެންތަނެއް ހޯދާ އަލުން އޮފީސް ހެދުމުމަށް އޭނާ އަކީ އެހައި ފައިސާހުރި ފައިސާވެރިއެއް ނޫންކަމަށް ބުނަމުން ކަންގަނާ އިތުރަށް ބުނެފައިވަނީ ކިތަންމެ އުދަނގުލަކާއި ތުރާލެއް ކުރިމަތިވިޔަސް އަދިވެސް ސާބިތުކަމާއެކު އަޑުއުފުލާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!