ހަތަރު ރަކުން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވަނީ ތ. ވޭމަންޑޫ އާއި ނ. މަނަދޫ އާއި ޅ. ނައިފަރުގެ އިތުރުން ރ. ދުވާފަރުން ކަމަށެވެ.
ތ. ވޭމަންޑޫއިން ޕޮޒިޓިވްވެފައިވަނީ 54 އަހަރުގެ އަންހެނެކެވެ. އަދި ނ. މަނަދޫއިން ޕޮޒިޓިވްވީ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ފުރަބަންދަށްފަހު ކުރި ޓެސްޓުން ޕޮޒިޓިވްވީ ދެ މީހުންނެވެ.
ނައިފަރުން ޕޮޒިޓިވްވީ ބަންގަލްދޭޝްގެ ފިރިހެނެކެވެ. ދުވާފަރުން ޕޮޒިޓިވްވީ 23 އަހަރުގެ އަންހެނެކެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 8900 އަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.